ދަރަވަންދޫ އާއި ދުވާފަރު ބަނދަރު އަޕްގްރޭޑްކުރުން އެމްޓީސީސީއަށް

ddvf

ބ.ދަރަވަންދޫ އާއި ރ.ދުވާފަރު ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ދަރަވަންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 365 ދުވަހުން ނިންމަން 59.19 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން ދަރަވަންދޫ ބަނދަރު ފުން ކުރުމުގެ މަސައްކަތާއި، އަލަށް އިތުރުކުރެވޭ ބަނދަރުގެ ބޭސިން ފުންކުރުމުގެ މަސައްކަތާއި، 352 މީޓަރ ބޮޑުހިލައިގެ ބޭރުތޮށި ޖެހުމާއި، 83 މީޓަރ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. މީގެއިތުރުން، 24 މީޓަރ ބޮޑުހިލައިގެ ގްރޮއިން ޖެހުމާއި ،248 މީޓަރ އެއްގަމު ތޮށި ޖެހުމާއި، 248 މީޓަރ ސްކޯރިންގ އެޕްރޮން ޖެހުމާއި، 2 ނެވިގޭޝަނަލް އެއިޑް ޤާއިމްކުރުމާއި، 74 މރިންގ ރިންގް ހަރުކުރުން ހިމެނެއެވެ.

ދުވާފަރުގެ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 180 ދުވަހުން ނިންމަން 11.43 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން ބަނދަރު ފުން ކުރުމުގެ މަސައްކަތާއި އަދި 1.5×150 މީޓަރުގެ ކޮންކްރީޓް ޖެޓިއެއް ހެދުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށެވެ.

 

Leave a Reply

Your email address will not be published. Required fields are marked *