ހައްޔަރު ކުރި ޓެކްސީ ޑްރައިވަރުން ދޫކޮށްލަން ގޮވާލައިފި

އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު / ފޮޓޯ: އެމްޑީޕީ

ޓެކްސީ ޑްރައިވަރުން ކުރި އިހުތިޖާޖުގެ ތެރެއިން ހައްޔަރު ކުރި ފަރާތްތައް ދޫކޮށްލުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފި އެވެ.

ޓެކްސީ ޑްރައިވަރުން ކުރި އިހުތިޖާޖުގެ ތެރެއިން ވަނީ ތިން މީހަކު ހައްޔަރުކޮށް ދެ މީހެއްގެ ބަންދު މުއްދަތު ޖަހާފަ އެވެ. އަދި 22 ކާރެއް ޓޯކޮށްފައިވެ އެވެ.

މިކަމާ ގުޅިގެން ޝާހިދު ވިދާޅުވީ، ޓެކްސީ ޑްރައިވަރުން ބޭއްވި ސުލްޙަވެރި އިހުތިޖާޖަކީ އެބޭފުޅުންގެ މުޅި އާންމުދަނީއާ ގުޅިލާމެހިފައިވާ އިހުތިޖާޖެއް ކަމަށެވެ.

"ހައްގު ހޯދަން މަސައްކަތް ކުރުމާއި، ސުލްހަވެރިކަމާއެކު އެއްވެ އުޅުމަކީ ގަނޫނު އަސާސީން ލިބިދީފައިވާ ޙައްގެއް." ޝާހިދު ވިދާޅުވި އެވެ.

އެހެންކަމުން ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުން ތަކުގެ އަޑު ސަރުކާރުން އައްސަވައި، ޓޯކުރި ހުރިހާ ޓެކްސީތަކެއް ޑްރައިވަރުންނާ ހަވާލުކޮށް، ހައްޔަރު ކުރި ހުރިހާ ޑްރައިވަރުންވެސް މިހާރުން މިހާރަށް ދޫކޮށްލުމަށް ޝާހިދު ވަނީ ސަރުކާރަށް ގޮވާލައްވާފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *