ރައީސް މުއިއްޒު އދ. އަތޮޅަށް ފުރާވަޑައިގެންފި

ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި ރައީސްގެ މި ދަތުރުފުޅަކީ ދެ ދުވަހުގެ މުއްދަތަށް ކުރައްވާ ދަތުރުފުޅެވެ.

މި ދަތުރުފުޅުގައި ދަނގެތި، މަހިބަދޫ އަދި އޮމަދުއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ. އަދި އދ. އަތޮޅުގެ ވީހައި ގިނަ ރަށްތަކުގެ ކައުންސިލްތަކާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވެ އެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މުއިއްޒު މާދަމާ މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.

މިފަހުން ރައީސް މުއިއްޒު ވަނީ އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށްވެސް ދަތުރުކުރައްވާފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *