ކ. ގުރައިދޫގައި 4 މަހުގެ ކުއްޖަކު ނިޔާވި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނެފައިވަނީ، ކ. ގުރައިދޫގައި 4 މަހުގެ ކުއްޖަކު ނިޔާވެފައިވާ މައްސަލައެއް މިއަދު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ، އެ ކުއްޖާގެ ހަށިގަނޑު، އޮޓޮޕްސީ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
Post Views: 14