ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)ގެ ޗެއާޕާސަނަކަށް އައިމިނަތު ނަމްޒާ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިބްރާހިމް ނަސްރީން (ނައްޓު) އައްޔަނު ކޮށްފި އެވެ.
ޕީސީބީން މިއަދު ބުނެފައިވަނީ، ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި ޗެއާޕާސަން ކަމުގެ މަޤާމަށް މ.ހަނީކޯމްބް، އާމިނަތު ނަމްޒާ މިއަދު އައްޔަނުކުރައްވާފައިވާ ކަމަށެވެ. އަދި ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމަށް ލ.އިސްދޫ، މާގަސްދޮށުގެ އިބްރާހީމް ނަސްރީން މިއަދު އައްޔަންކޮށްފައިވާ ކަމަށެވެ.

ނަމްޒާ މިހާތަނަށް ހުންނެވީ ލޯކަލް ގަވަމަންޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގަ އެވެ. އަދި ނަސްރީން މިހާތަނަށް ހުންނެވީ ޕީއެސްއެމްގެ ސޭލްސް އެންޑް މާކެޓިންގެ ވެރިޔަކަށެވެ.
ނަސްރީން ޕީއެސްއެމްގެ އެމްޑީގެ މަގާމަށް އައްޔަނު ކުރެއްވީ އެމަގާމުގައި ހުންނެވި މުހައްމަދު ސައީދު މިމަހު 17 ވަނަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ. ސަައީދުގެ ކުރިން އެ މަގާމުގައި ހުންނެވީ ޒީނާ ޒާހިރެވެ. ނަސްރީން އަކީ މިސަރުކާރުގައި ޕީއެސްއެމްގެ އެމްޑީގެ މަގާމަށް އައްޔަނު ކުރެވުނު ތިންވަނަ ފަރާތެވެ.