ރާއްޖެ ސަރަހައްދުން ސޯމާލިއާގެ ޑިންގީއެއް އަތުލައިގެންފި އެވެ.
ފުވައްމުލަކު ސިޓީ ހުޅަނގު އުތުރުން 10 ވަރަކަށް މޭލު ބޭރުން ޝައްކު ކުރެވޭ ޑިންގީއެއް ފެނިގެން މިއަދު ސިފައިން ވަނީ ހަރަކާތްތެރިވެފަ އެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ، އެ ސަރަހައްދަށް ގޮސް ބެލިބެލުމުން އެނގުނުގޮތުގައި މިއީ ރާއްޖެއިން ބޭރުގެ ސޯމާލިއާގެ މީހުން ބޭނުންކުރާ ވައްތަރުގެ "ސްކިފް" އެއް ކަމަށެވެ. މި ޑިންގީގައި ސޯމާލިއާ މީހުން ކަމަށް ޝައްކު ކުރެވޭ 3 މީހުން ފެނިފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.
އެމްއެންޑީއެފް އިން ބުނެފައިވަނީ މި ޑިންގީ ކޯސްޓްގާޑުގެ ބެލުމުގެ ދަށުން ފުވައްމުލަކު ސިޓީ ބަނދަރަށް ވައްދާފައިވާ ކަމަށެވެ. އަދި ފުލުހުންނާ ހަވާލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
Post Views: 21