ޓޫރިޒަމް މިިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ނިހާދު މަގާމުން ސަސްޕެންޑް ކޮށްފި އެވެ.
ނިހާދު މަގާމުން ސަސްޕެންޑް ކޮށްފައިވަނީ މިއަދުގެ ވަގުތެއްގަ އެވެ.

ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ނިހާދު ވާހަކަ ދައްކާފައިވާއިރު، އޭނާ ވަނީ އެމްޑީޕީ ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް ޓެރަރިސްޓު ހަމަލާއެއް ދޭން އުޅޭ ކަމަށް ބުނެ ބޮޑު ތުހުމަތެއް ކޮށްފަ އެވެ.
މިކަމާ ގުޅިގެން އެމްޑީޕީން ވެސް މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ. އެގޮތުން އެމްޑީޕީން ވަނީ ނިހާދުގެ ވާހަކަތައް ކުށްވެރިކޮށް އެ މައްސަލަ ބެލުމަށް ގޮވާލާފަ އެވެ.
Post Views: 14