ރީތިރަށް ރިސޯޓުގެ ވޯޓާވިލާއެއްގައި އަލިފާން ރޯވެއްޖެ

GgL0QExbsAApmGT

ރީތިރަށް ރިސޯޓުގެ ވޯޓާވިލާއެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

ވަން އެންޑް އޮންލީ ރީތިރަށް ރިސޯޓުގެ ވޯޓާވިލާއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގަފައިވަނީ ރޭ ދަންވަރު އެވެ.

އެމްއެންޑީއެފްއިން ބުނެފައިވަނީ މި އަލުފާނުގެ ހާދިސާގެ ރިޕޯޓް ލިބުމުން ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެފައިވާ ކަމަށެވެ
ރޭ ދަންވަރު ހިނގި މި ހާދިސާގައި އަލިފާން ރޯވީ އެ ރިސޯޓްގެ ވޯޓަރވިލާއެއްގެ ފުރާޅުގައި ކަމަށް އެމްއެންޑިއެފްއިން ބުނެފައިވެ އެވެ. އަދި ހާދިސާ ހިނގުމުން ރިސޯޓްގެ މުވައްޒަފުން އަލިފާން ކޮންޓްރޯލްކޮށް ނިއްވާލާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާކަމަށާއި ނަމަވެސް ވޯޓަރވިލާގެ ފުރާޅަށާއި ސީލިންއަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ

Leave a Reply

Your email address will not be published. Required fields are marked *