އެމްޑީޕީ ޤައުމީ މަޖިލީހުގެ ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު

MDP

އެމްޑީޕީ ޤައުމީ މަޖިލީހުގެ ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފި އެވެ.

އެމްޑީޕީން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ އެޕާޓީގެ ޤައުމީ މަޖިލީހުގެ ހުސްވެފައިވާ މަގާމުތަކަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

ހުސްވެފައިވާ މަގާމުތައް:

  1. ހއ. ހޯރަފުށީ ދާއިރާގެ ރައީސް
  2. ރ. އިނގުރައިދޫ ދާއިރާގެ ރައީސް
  3. ގއ. ވިލިނގިލީ ދާއިރާގެ ރައީސް

އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމް 06 ޖަނަވަރީ 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ހުށައެޅުމަށް އެމްޑީޕީން ހުޅުވާލާފައިވެ އެވެ.

މި މަގާމުތަކަށް ކުރިމަތިލެވޭނީ 01 ޖަނަވަރީ 2025 އާއި ހަމައަށް އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަނުގައި ދަފްތަރުވެފައިވާ ފަރާތްތަކަށް އަދި  ވޭތުވެދިޔަ 5 އަހަރު ތެރޭގައި އެމްޑީޕީގެ އަސާސީ ޤަވާއިދާއި ހިލާފުވެފަނުވާ މެންބަރެއް ކަމުގައިވާ ފަރާތަކަށެވެ.

Leave a Reply

Your email address will not be published. Required fields are marked *