އެމްޑީޕީ ޤައުމީ މަޖިލީހުގެ ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފި އެވެ.
އެމްޑީޕީން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ އެޕާޓީގެ ޤައުމީ މަޖިލީހުގެ ހުސްވެފައިވާ މަގާމުތަކަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.
ހުސްވެފައިވާ މަގާމުތައް:
- ހއ. ހޯރަފުށީ ދާއިރާގެ ރައީސް
- ރ. އިނގުރައިދޫ ދާއިރާގެ ރައީސް
- ގއ. ވިލިނގިލީ ދާއިރާގެ ރައީސް
އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމް 06 ޖަނަވަރީ 2025 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ހުށައެޅުމަށް އެމްޑީޕީން ހުޅުވާލާފައިވެ އެވެ.
މި މަގާމުތަކަށް ކުރިމަތިލެވޭނީ 01 ޖަނަވަރީ 2025 އާއި ހަމައަށް އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަނުގައި ދަފްތަރުވެފައިވާ ފަރާތްތަކަށް އަދި ވޭތުވެދިޔަ 5 އަހަރު ތެރޭގައި އެމްޑީޕީގެ އަސާސީ ޤަވާއިދާއި ހިލާފުވެފަނުވާ މެންބަރެއް ކަމުގައިވާ ފަރާތަކަށެވެ.
Post Views: 11