36 ގޭބިސީގެ 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި

GgYJZcxb0AAqs8U

އިއްޔެ ކުރި ވިއްސާރައިގައި ފެން ބޮޑުވުމާއި ގުޅިގެން މާލެއިން 36 ގޭބިސީއެއްގެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެވުނު ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އެންޑީއެމްއޭއިން މިއަދު ބުނެފައިވަނީ އިއްޔެ މާލޭގައި ފެންބޮޑުުވެގެން އެކި އެހީތަކަށް އެދި 774 ތަނަކުން އެންޑިއެމްއޭއަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މީގެތެރެއިން ވެލިބަސްތާ ޖެހުމަށް އެދި 554 ރިކުއެސްޓު އައިސްފައިވާ ކަމަށް ބުނެފައިވެ އެވެ.

މާލެއިން ޒަރޫރީ ބޭނުންތަަކަށް ހުރަސްއެޅިގެން 53 ގެއަކުން ރިޕޯޓް ކުރުމުން އެ ގެތަކުގެ ރެޕިޑް އެސެސްމެންޓް ހަދާފައިވާ ކަމަށްވެސް އެންޑީއެމްއޭއިން ބުނެފައިވެ އެވެ.

މީގެތެރެއިން އާންމު ދިރިއުޅުމަށް ހުރަސްއެޅޭ ހާލަތުގައިވާ 36 ގޭބިސީގެ 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ފޯރުކޮށްދެވިފައިވާ ކަމަށްވެސް އެންޑީއެމްއޭއިން މައުލޫމާތު ދީފައިވެ އެވެ.

މާލޭގައި ފެން ބޮޑުވެގެން ވެލި ބަސްތާޖެހުމުގެ މަސައްކަތުގައި މާލެސިޓީ ކައުންސިލް، ފުލުހުން، ސިފައިން، މިނިސްތްރީ އޮފް ސިޓީސް ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސްގެ އިތުރުން ސްކައުޓުން ހަރަކާތްތެރިވެފައިޥާ ކަމަށް އެންޑީއެމްއޭއިން މައުލޫމާތު ދީފައިވެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *