ވިއްސާރައިގައި ރަށްތަކަށް އެކި ވަރުގެ ގެއްލުން

Screenshot

ރާއްޖެއަށް އިއްޔެ ކުރި ވިއްސާރައިގައި ރާއްޖޭގެ ރަށްރަށަށް އެކިވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އެންޑިއެމްއޭއިން މިއަދު ބުނެފައިވަނީ މޫސުން ގޯސްވެ ރ. އިނގުރައިދޫއަށާއި ށ. މަރޮށްޓަށް އުދައަރައިގން އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.

ވާރޭވެހި ފެންބޮޑުވުމުން ފ. ނިލަންދޫގައި 80% ފެންބޮޑުވެފައިވާ ކަމަށާއި ދ. ކުޑަހުވަދޫ އަދި ދ. މީދޫ 10 ގެއަށް ގެއްލުން ލިބިފައިވާ ކަމަށް އެންޑީއެމްއޭއިން ބުނެފައިވެ އެވެ.

މީގެއިތުރުން ފ. މަގޫދޫ 9 ގެއަކަށް ގެއްލުންލިބި 1 ގެއިން މީހުން ހުސްކޮށްފައިވާ ކަމަށާއި، އދ. މާމިގިލި 4 ގެއަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށާއި އަދި ކ. ގުރައިދޫ 60 ގެއަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް މައުލޫމާތު ދީފައިވެ އެވެ. އެންޑީއެމްއޭއިން ބުނެފައިވަނީ ކ. ހިންމަފުށީ 60% ގެތަކަށް ފެންވަދެފައިވާ ކަމަށެވެ.

ފެންބޮޑުވުމުން މާލޭގައި 36 ގޭބިސީގެ 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަންވެސް އެންޑީއެމްއޭއިން ފޯރުކޮށްދީފައިވެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *