މިނިސްޓަރު ޣައްސާން އިންޑިއާއަށް ވަޑައިގަންނަވަނީ

ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަން ހާމަކުރައްވައިފި އެވެ.

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް އިންޑިއާގެ މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ޑިފެންސް މިނިސްޓަރު ޣައްސާން އިންޑިއާއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާކަމަށާއި މި ދަތުރުގެ ސަބަބުން ސަލާމަތީ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިގެންދާނެ ކަމަށެވެ.

މިނިސްޓަރު ޣައްސާން އިންޑިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޖެނުއަރީ 7 އިން 8 ވަނަ ދުވަހަށެވެ.

މިއީ ޑިފެންސް މިނިސްޓަރު ޣައްސާން މަގާމާ ހަވާލުވެވަޑައިގެންނެވިފަހުން އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ރާއްޖެއާއި އިންޑިއާގެ ގުޅުން ބަދަހިކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންގެންދާއިރު، ފޮރިން މިނިސްޓަރު ޚަލީލް އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ދިވެހިރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް އިންޑިއާއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ދިވެހި ސަރުކާރުގެ ފަރާތުން ޝުކުރު އަދާކުރައްވާފަ އެވެ.

މީގެއިތުރުން ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސްގެ ފޭސް 3 ގެ ފަހުމުނާގައި ސޮއިކޮށްފައިވެ އެވެ. މި ޕްރޮޖެކްޓްތަކަކީ ސީދާ ރައްޔިތުންނަށް އޭގެ ފައިދާ ކުރާ، އަތޮޅުތަކުގައި ކުރިއަށްގެންދާ ޕްރޮޖެކްޓްތަކެކެވެ.

Leave a Reply

Your email address will not be published. Required fields are marked *