ފޮރިން މިނިސްޓަރު ޔޫއޭއީއަށް ވަޑައިގަންނަވަނީ

382417_2cb9555b-8_

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ރަސްމީ ދަތުރުފުޅެއްގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ފުރާވަޑައިގެންފި އެވެ.

އިންޑިއާއަށް ކުރެއްވި ރަސްމީދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިނިސްޓަރު ޚަލީލް ޔޫއޭއީއަށް ފުރާވަޑައިގެންފައިވަނީ މިއަދު އެވެ.

ފޮރިން މިނިސްޓްރީން ބުނެފައިވަނީ، މިނިސްޓަރު ޚަލީލް ޔޫއޭއީއަށް ކުރައްވާ ރަސްމީ ދަތުރުފުޅަކީ ޔޫއޭއީގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރ ޝެހިހް އަބްދުﷲ ބިން ޒަޔެދް އަލް ނަހްޔާންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

މިނިސްޓަރު ޚަލީލް މި ދަތުރުފުޅުގައި، ޔޫއޭއީގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ފޮރިން މިނިސްޓަރު ޝެހިޚް އަބްދުﷲ ބިން ޒަޔެދް އަލް ނަޙްޔާންއާ ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނޭ ގޮތްތަކާމެދު މަޝްވަރާކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދީފައިވެ އެވެ. އަދި މުސްތަގުބަލުގައި ދެ ޤައުމުން ގުޅިގެން މަސައްކަތްކުރެވިދާނޭ އިތުރު ދާއިރާތަކާބެހޭގޮތުން މަޝްވަރާކުރައްވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

މީގެއިތުރުން ޔޫއޭއީ ސަރުކާރުގެ އިސްވެރިންނާ ބައްދަކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެ އެވެ.

މި ދަތުރުފުޅުގައި މިނިސްޓަރު ޚަލީލްގެ އަރިހުގައި އެމްބެސެޑަރ-އެޓް-ލާޖް އަބްދުﷲ ހަމީދާއި ޖޮއިންޓް ސެކްރެޓަރީ މަރްޔަމް ރީޝާ ބައިވެރިވެވަޑައިގަންނަވަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *