އަތުހަރުގެ މަރު: ދެ ފުލުހަކަށް ދައުވާ ކޮށްދޭން އެދިއްޖެ

big_SQNNzzg1TZq97lobZQhDtkt0C

އަންހެނެއްގެ ކަރުގައި ވަޅިޖައްސައި ރަހީނުކުރި މައްސަލައިގައި ފުލުހުންގެ ހައްޔަށް ގެނެސްފައިހުއްޓައި އަމިއްލައަށް މަރުވި އާދަމް އަތުހަރުގެ މަރާ ގުޅިގެން ދެ ފުލުހަކަށް ދައުވާ ކޮށްދޭން ހިއުމަން ރައިޓް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގައި އެދިއްޖެ އެވެ.

2024 އޮގަސްޓް 29 ވަނަ ދުވަހުގެ ރޭ މާލޭގައި އަންހެނެއްގެ ކަރުގައި ވަޅިޖައްސައިގެން ފިލަން އުޅުނު އަތުހަރު އަމިއްލައަށް މަރުވީ ފުލުހުންގެ ހައްުޔަރުގައި ދޫނިދޫގައި ހުއްޓަ އެވެ.

އެޗްއާރްސީއެމްއިން ބުނެފައިވަނީ އަތުހަރުގެ މަރާ ގުޅިގެން ދެ ފުލުހަކަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އެހެންނަމަވެސް މިކަމާ ގުޅޭ އިތުރު ތަފުސީލެއް މިވަގުތު ހިއްސާކުރެވެން ނެތް ކަމަށް އެޗްއާރްސީއެމްއިން ބުނެފައިވެ އެވެ.

އަތުހަރު އަންހެނެއްގެ ކަރުގައި ވަޅިޖައްސައި ރަހީނުކޮށްގެން ހުރި ވަގުތ،ު އަންހެން މީހާ ސަލާމަތްކޮށް ފުލުހުންގެ ހައްޔަރަށް އަތުހަރު ގެނައުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ފުލުހުން އަތުހަރުގެ ބޮލަށް މުގުރުން ހަމަލާދީފައިވެ އެވެ. އަދި މިކަމާ ގުޅިގެން އަތުހަރަށް ހޮސްޕިޓަލުގައި ފަރުވާ ދީފައިވެ އެވެ. އަދި އޭގެފަހުންވެސް އަތުހަރަށް ފަރުވާ ދެވުނުއިރު އޭނާ އަމިއްލައަށް މަރުވުމަށް އުޅުމުން ހޮސްޕިޓަލަށް ގެންގޮސް ވެންޓިލޭޓަރުގައިވެސް ބާއްވައިގެން ފަރުވާދީފައިވެ އެވެ. އޭނާ މަރުވީ ވެންޓިލޭޓަރުގައި އޮށްވަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *