ހިޔާ ޓަވަރަކުން މީހަކު ވެއްޓި ފަރުވާދޭން ފަށައިފި އެވެ.
ފުލުހުން މިއަދު ބުނެފައިވަނީ ހިޔާ ޓަވަރު 3 ގެ ދެވަނަ ފަންގިފިލާއިން މީހަކު ވެއްޓިފައިވާ މައްސަލައެއް މިއަދު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. ވެއްޓިފައިވަނީ ދިވެހި ފިރިހެނެކެވެ.

ވެއްޓި އަނިޔާވެފައިވާ މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
ފުލުހުން ބުނެފައިވަނީ މި މައްސަލަ ތަހުގީގު ކުރަމުން ގެންދާކަމަށެވެ.
Post Views: 19