ވިއްސާރައަށް ތައްޔާރުވުމަށް ސްޓެލްކޯއިން ހާއްސަ ޓާސްކްފޯހެއް

Stelco

ކުރިއަށް އޮތް ފަސް ދުވަހަށް ވިއްސާރަ ކުރާނެކަމަށް ލަފާކޮށްފައި އޮތުމުން އެކަމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ސްޓެލްކޯގެ މެނޭޖްމަންޓްއިން ޚާއްސަ ޓާސްކްފޯހެއް އެކުލަވާލައިފި އެވެ.

ސްޓެލްކޯއިން މިއަދު ބުނެފައިވަނީ، މިއަދުން ފެށިގެން 18 ޖަނަވަރީގެ ނިޔަލަށް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ އިދާރާއިން ނެރެފައިވާ ބަޔާނާއި ގުޅިގެން، ފެންބޮޑުވުން ކޮންޓްރޯލްކުރުމަށް ދުރާލައި ފިޔަވަޅުއެޅުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން  ސްޓެލްކޯގެ މެނޭޖްމަންޓްއިން ޚާއްސަ ޓާސްކްފޯހެއް އެކުލަވާލާފައިވާ ކަމަށް މައުލޫމާތު ދީފައިވެ އެވެ.

ސްޓްލްކޯއިން ބުނެފައިވަނީ މި ހާލަތުގައި އެންމެ އިސްކަމެއް ދެވިގެންދާނީ ސްޓެލްކޯއިން ހިދުމަތްދޭ ރަށްރަށުގައި ހުރި ސްޓެލްކޯގެ ކްރިޓިކަލް އިންފްރާސްޓްރަކްޗާ ރައްކާތެރި ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށާއި، ރައްޔިތުންނަށް ދެމުންގެންދާ ޔުޓިލިޓީ ޚިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ކަމަށެވެ.

މީގެއިތުރުން އެހެން ފަހަރުތަކެކޭވެސް އެއްގޮތަށް، ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ރައްޔިތުން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސްޓެލްކޯއިން ޚިދުމަތްދޭ ހުރިހާ ރަށެއްގައިވެސް ސްޓެލްކޯގެ މުވައްޒަފުން ތިބޭނީ ތައްޔާރަށް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *