އެޗްއާރްސީއެމްގެ ނައިބުރައީސަކަށް މޫމިނާ އައްޔަނުކުރަން ފާސްކޮށްފި

Screenshot

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ނައިބުރައީސަކަށް އެ ކޮމިޝަންގެ މެންބަރު މޫމިނާ ވަހީދު އައްޔަނު ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޗްއާރްސީއެމްގެ ނައިބުރައީސް ކަމަށް މޫމިނާ އައްޔަނު ކުރުމާމެދު ވޯޓަށް އަހާފައިވެ އެވެ. އެގޮތުން މުމިނާ އަށް މަޖިލީހުން ރުހުން ދީފައިވަނީ ވޯޓުގައި ބައިވެރިވި 67 މެންބަރުންގެ އިއްތިފާގުންނެވެ.

މޫމިނާ އެޗްއާރްސީއެމްގެ މެންބަރު ކަމަށް އައްޔަންކޮށްފައި ވަނީ 2020 ސެޕްޓެމްބަރު 8 ވަނަ ދުވަހު އެވެ.

އެޗްއާރުސީއެމްގެ ނައިބުރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ޑރ. އަހްމަދު އަދުހަމް އަބްދުﷲ އިސްތިއުފާ ދެެއްވުމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *