މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަން އިއުލާނު ކޮށްފި އެވެ.
ފުލުހުން މިއަދު މީހެއްގެ ފޮޓޯއެއް އާންމު ކުރުމަށްފަހު ބުނެފައިވަނީ، އެ މީހާއަކީ މަކަރާއި ހީލަތުގެ މައްސަލައަކަށް ތުހުމަތުކުރެވިގެން ފުވައްމުލަކުސިޓީ ޕޮލިހުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ނުހޯދިފައިވާ މީހެއް ކަމަށެވެ.

އެހެންކމުން ފޮޓޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުވައްމުލަކު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792803 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދިފައިވެ އެވެ.
Post Views: 16