ފަޒުލްއަށް ކުރަނީ ލިޔެކިޔުން ނައްތާލަން އުޅުނުކަމުގެ ތުހުމަތު

Fazul

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ މައްޗަށް ތުހުމަތު ކުރަނީ އެތަނުގެ ލިޔެކިޔުންތަކެއް ނައްތާލަން މަސައްކަތް ކުރިކަމުގެ ތުހުމަތުކަމަށް ފުލުހުން ބުނެފި އެވެ.

ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ފަޒުލްގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދުގެ ނަން ލިސްޓުގައި ހިމަނައި އޭނާއަށް ގޯތީގެ ރެޖިސްޓްރީއެއް ހަދައިފައިވާ މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ. މި މައްސަލައާއި ގުޅިގެން ފަޒުލް ވަނީ މަގާމުން އިސްތިއުފާވެސް ދެއްވާފަ އެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ފަޒުލްއާއި ސުވާލުކޮށް ބަޔާން ނަގާފައިވާއިރު ފުލުހުން ބުނެފައިވަނީ ފަޒުލްގެ މައްޗަށް ކުރަނީ އެޗްޑީސީގެ ލިޔެކިޔުންތަކެއް ނައްތާލަން މަސައްކަތް ކުރިކަމުގެ ތުހުމަތު ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފަޒުލް އަދި އޭނާގެ ބޭބެ ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓްވެސް ވަނީ ހިފަހައްޓާފަ އެވެ.

ފުލުހުން ވަނީ މި މައްސަލައިގެ ތަހުގީގުގެ ތެރެއިން ފަޒުލް ދިރުއުޅޭގެވެސް ބަލާފާސްކޮށްފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *