އޭސީސީ އަދި އީސީއަށް މެންބަރުން އައްޔަނު ކުރައްވައިފި

628

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ހުސްވެފައިވާ މެންބަރުކަމަށް ބޭފުޅުން އައްޔަނު ކުރައްވައިފި އެވެ.

މި ދެ ކޮމިޝަނަށް މެންބަރުން އައްޔަނު ކޮށްފައިވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތުގަ އެވެ.

އޭސީސީއަށް އައްޔަންކުރައްވާފައިވަނީ އަހުމަދު ނާޝިދު، މއ. ގޯލްޑަންމޫން އަދި އަބްދުﷲ ނާޝިދު، ރ. އަލިފުށި / ފަސާނާއެވެ.

އަހުމަދު ނާޝިދަކީ ޕޮލިސް ބޯޑްގެ މެންބަރުކަމާއި، ކުރީގެ އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އަބްދުﷲ ނާޝިދަކީ އިންޑިއާގެ ރީޖަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން އިން މާސްޓަރ އޮފް އެޑިއުކޭޝަން (ސްކޫލް މެނޭޖްމަންޓް) ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން ނާޝިދަކީ އާސަންދަ ކުންފުނީގެ އެކި ޑިޕާޓްމަންޓުގެ މެނޭޖަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް އައްޔަނުކުރައްވާފައިވަނީ މުހައްމަދު ޒާހިދު، ދަފުތަރު ނަންބަރު ރސ 1548 އަދި އަބްދުއްރަޙްމާން ސަލާހު ރަޝީދު، ކ.ހުރާ / ރޯޒް އެވެ.

މުހައްމަދު ޒާހިދުއަކީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ ކުރީގެ ނައިބުރައީސް އެވެ. އަދި އަބްދުއްރަހްމާން ސަލާހް ރަޝީދަކީ އީސީގެ ކުރީގެ ސެކެރެޓްރީ ޖެނެރަލް އެވެ.

Leave a Reply

Your email address will not be published. Required fields are marked *