ޓްރެއިނިން ސެންޓަރުން ފެންނަނީ މުވައްޒަފުންގެ ހުނަރު: ފަހުމީ

WhatsApp Image 2024-12-18 at 18.44.42

ސްޓެލްކޯ މެކޭނިކަލް ޓްރޭނިން ސެންޓަރަކީ އެ ކުންފުނީގެ މުވައްޒަފުންގެ ހުނަރުވެރިކަން ފެންނަ އިމާރާތެއްކަމަށް އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ސްޓެލްކޯ މެކޭނިކަލް ޓްރޭނިން ސެންޓަރު ބިނާކުރަމުންދަނީ ކ. ތުލުސްދޫގަ އެވެ.

ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިމާރާތް ފަރުމާކުރުމާއި މަސައްކަތް ޕްލޭންކުރުމުގެ މަސައްކަތަކީ ސްޓެލްކޯގެ މުވައްޒަފުންގެ މަސައްކަތް ކަމަށެވެ. މި މަޝްރޫއުން ސްޓެލްކޯ މުވައްޒަފުންގެ ހުނަރުވެރިކަން ފެންނަން ކަމަށްވެސް ވިދާޅުވި އެވެ.

މި މަޝްރޫއު މުޅިން ކުރިއަށް ގެންދަނީ ސްޓެލްކޯގެ މުވައްޒަފުންކަން ފާހަގަކޮށް ފަހުމީ ވަނީ މި މަޝްރީޫއު ހަގީގަތަކަށް ހެދުމަށް ސްޓެލްކޯގެ މުވައްޒަފުން ކުރަމުންދާ މަސައްކަތަށް ތައުރީފު ކުރައްވާފަ އެވެ.

ތުލުސްދޫގައި ގާއިމު ކުރަމުންދާ ސްޓެލްކޯ ޓްރޭނިން ސެންޓަރު–

ސްޓެލްކޯ ޓްރެއިނިން ސެންޓަރުގައި ކިޔަވައިދޭނީ މެކޭނިކަލް އިންޖިނިއަރިންގެ ހުރިހާ ކަމެއް ކަމަށާއި އެގޮތުން އިންޖީނު ރޫޅާ, ރާވާ ހިންގުމުގެ ހުރިހާ ކަމެއް ކިޔަވައިދޭނެ ކަމަށް މީގެކުރިން ސްޓެލްކޯގެ އެމްޑީ ވިދާޅުވެފައިވެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *