މާލޭ މީހުންނަށް ގޯތި ދޫކުރާ ސަރަހައްދު ސާފުކުރަނީ

މާލޭގެ މަތިން ނަގާފައިވާ ފޮޓޯއެއް --ފޮޓޯ: އަބްދުﷲ އަބީދު

މާލެގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށްޓަކައި ހިންގާ "ބިންވެރިޔާ ސްކީމް"ގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމަށްޓަކައި ކަނޑައެޅިފައިވާ ޕްލޮޓްތައް ކްލިއާ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެޗްޑީސީން ބުނީ، ހުޅުމާލެގައި ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަށް ސާފުކުރުމުގެ މަސައްކަތް މިއަދު ވަނީ ހައުސިންގް މިނިސްޓްރީއާއެކު ކުރިއަށްގެންދެވިފައި ކަމަށެވެ.

މިގޮތުން ޕްލޭނިންގް މިނިސްޓްރީއާއެކު ކުރެވެމުންމިދާ މަސައްކަތުގައި ހުޅުމާލެ ފޭސް 2 ގެ އެކި ސަރަހައްދުތައް ހިމެނޭހެން ވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދިނުމަށް ޕްލޭނުގައި އެކުލަވާލާފައި ކަމަށާއި، މި ސްކީމްގެ ދަށުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ނަންތައް މި އަންނަ މާޗު މަހު އާންމުކޮށް އިއުލާންކުރަން ހައުސިންގް މިނިސްޓްރީން ވަނީ ނިންމާފައި ކަމަށްވެސް އެޗްޑީސީން ބުނެއެވެ.

މީގެއިތުރުން އެޗްޑީސީން ބުނީ، އެ ތަނުގައި މިހާރު ކުރެވެމުންދާ މަސައްކަތަކީ، ބިން ސާފުކޮށް، އެއްވަރުކުރުމުގެ މަސައްކަތް ކަމަށާއި، މިހާރު ގޯތި ދިނުމަށްވާ އެންމެ ފަހުގެ ތައްޔާރީތައް ކުރިޔަށްދާ ކަމަށެވެ. އެގޮތުން، އެ ތަނުގައި ޔުޓިލިޓީގެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތްވެސްދަނީ ކުރެވެމުން

Leave a Reply

Your email address will not be published. Required fields are marked *