ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މަގާމުން ވަކިކޮށްފި އެވެ.
ރައީސް އޮފީހުން މިއަދު ބުނެފައިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު، މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުގައި ހުންނެވި އިބްރާހީމް ފައިސަލް، އެ މަގާމުން މިއަދު ވަކިކުރައްވާފައިވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީ ހިންގުން ވަގުތީގޮތުން ހަވާލުކޮށްފައިވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއާ އެވެ.
ފައިސަލް މަގާމުން ވަކިކޮށްފައިވާއިރު ރައީސް މުއިއްޒުއާއި މަޖިލިސް ރައީސް އަބްދުއްރަހީމްގެ ގުޅުން ހީނަރުވެފައިވާކަމުގެ ވާހަކަތަކެއް ވަނީ ފެތުރިފަ އެވެ.
Post Views: 18