ދިއްދޫ ރައްޔިތުންގެ ހިޔާލުފާޅުކުރުމަށް ހުރަސް އަޅައިގެން ނުވާނެ: ޝާހިދު

އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު / ފޮޓޯ: އެމްޑީޕީ

ރައްޔިތުންގެ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ސަރުކާރުން ހުރަސް އަޅައިގެން ނުވާނެ ކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިއަދު ވިދާޅުވެފައިވަނީ، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅިގެން ނުވާނެ ކަމަށާއި، ދިއްދޫ ރައްޔިތުން ބަސް ބުނަން ތެދުވުމުން އެކަން ހުއްޓުވުމަށް ސަރުކާރުން ކަންކަން ކުރުމަކީ ހައްލެއް ނޫންކަމަށެވެ.

"ދިވެހިން އަޑު އިއްވާނެ." ޝާހިދު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ދަތުރުފައްޓަވާފައިވާއިރު، މިދަތުރުފުޅުގެ ތެރެއިން ދިއްދުއަށްވެސް ވަޑައިގަތުމަށްވަނި ހަމަޖެހިފަ އެވެ.

ރައީސް މުއއްިޒުގެ ދަތުރާ ދިމާކޮށް ދިއްދޫގައި އެމްޑީޕީގެ ސަޕޯޓަރުން ހިޔާލުފާޅުކުރުމަށް ކުރަމުންދާ ކަންކަމަށް ސަރުކާރުން އަންނަނީ ހުރަސްއަޅަމުންނެވެ. އެގޮތުން އެމްޑީޕީގެ ސަޕޯޓަރުން ދަމާފައިވާ ބެނާތައް ފުލުހުން ނަގާފައިވާއިރު އެ ރަށުގައި އެމްޑީޕީގެ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް ފަރާތްތައް ފުލުހަށް ހާޒިރުކޮށްފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *