ޖެނުއަރީ 31 ގެ ހިނގާލުން ރޭގަނޑަށް ބަދަލުކޮށްފި

އެމްޑީޕީން މީގެކުރިން ބޭއްވި އެއްވުމެއްގެ ތެރެއިން--

އެމްޑީޕީން މިމަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ހިނގާލުން ރޭގަނޑު ކުރިއަށްގެންދިއުމަށް ނިންމައިފި އެވެ.

31 ޖެނުއަރީ ވާ ހުކުރު ދުވަހު އެމްޑީޕީން ކުރިއަށްގެންދާ ހަރަކާތް ކުރިއަށްގެންދާނީ "ފުދިއްޖެ، ފުނޑިއްޖެ" މިނަމުގަ އެވެ.

މި ހިނގާލުން ފެށުމަށް ކުރިން ނިންމާފައި އޮތީ ހަވީރު އެވެ. އެހެންނަމަވެސް މިހާރު އެ ހިނގާލުން ފެށުމަށް ނިންމާފައިވަނީ ރޭގަނޑު 08:00 ގައި، އާޓިފިޝަލް ބީޗުންނެވެ.

މި ހިނގާލުމަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީން އަންނަނީ އެކި ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން ދޮރުން ދޮރަށް ހިނގުމާއި ކަންމަތީ ބައްދަލުވުންތައް އަދި ޖަހަގަ ސައްލާތައް އަންނަނީ ބާއްވަމުންނެވެ.

އެމްޑީޕީގެ މި ހަރަކާތުގައި ރާއްޖޭގެ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް ޝާހިދު ދައުވަތު އެރުވި އެވެ. ސަރުކާރާއި ދެކޮޅަށް މިހާރުަ އަޑު ނުއުފުލާ ހިމޭނުން ތިބެއްޖެނަމަ ކަންކަން އަލުން ހަރުދަނާ ނުކުރެވޭ ހިސާބަށް، ހަރާބުގެ މަގަށް ހިނގައިދާނެ ކަމަށްވެސް ޝާހިދު މީގެކުރިން ވިދާޅުވެފައިވެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *