ގާނޫނުއަސާސީ ފުނޑާލުމުގެ މަސައްކަތްތަކެއް ވަނީ ފަށާފައި: ފައިސަލް

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް / ފޮޓޯ: އެމްޑިޕީ

ޤާނޫނުއަސާސީ ފުނޑާލުމުގެ މަސައްކަތްތަކެއް މިސަރުކާރުން ފަށާފައިވާކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ރޭ ހުޅުމާލޭގައި ކުރިއަށްގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުން ފައިސަލް ވިދާޅުވީ، 2004 ވަނަ އަހަރު ޤާނޫނުއަސާސީ އިސްލާހު ކުރުމަށް ފެށި މަސައްކަތަކީ މަޖިލީހުގެ އޭރުގެ މެންބަރުން އެކަނި ކުރި މަސައްކަތެއް ނޫން ކަމަށެވެ.

ފައިސަލް ވިދާޅުވީ އެ މަސައްކަތަކީ ރާއްޖޭގެ ހުރިހާ ރައްޔިތުން ޝާމިލުވި މަސައްކަތެއް ކަމަށެވެ. އެ ޤާނޫނުއަސާސީން ރައްޔިތުންނަށް ވަރަށްގިނަ ހައްޤުތަކާއި މިނިވަންކަން ލިބުނުކަމަށްވެސް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަށް މެންބަރުން އިންތިހާބު ކުރަނީ ރައްޔިތުންނަށް ދިމާވާ ދަތިކަންކަމުގައި މަޖިލީހުގެ ތެރެއިން ވާހަކަދައްކާ މަސައްކަތްކޮށް ހައްލު ހޯދުމަށްކަން ފާހަގަކޮށް ފައިސަލް ވިދާޅުވީ މިއަދުގެ ރައްޔިތުން އިންތިހާބުކޮށްފައިވާ ރައްޔިތުންގެ މަންދޫބުންނަށް ރައްޔިތުންގެ ހައްޤުގައި އެއްވެސް ވާހަކައެއް ދެއްކޭނޭ އެއްވެސް ގޮތެއް ނެތް ކަމަށެވެ.

އެގޮތުން ޤާނޫނުއަސާސީ ބަދަލުކޮށް މެންބަރުން ޕާޓީ ބަދަލުކޮށްފިނަމަ ގިނޑި ގެއްލޭ ދަރަޖައަށް ކަންކަން ކޮށްފައިވާ ކަމަށާއި މިއީ ޤާނޫނުއަސާސީ އިސްލާހު ކުރުން ނޫން ކަމަށާއި މިއީ ޤާނޫނުއަސާސީ ފުނޑާލުންކަމަށް ޝާހިދު ވިދާޅުވި އެވެ.

ހުޅުމާލޭގައި ރޭ ކުރިއަށްގެންދިޔަ ޖަލްސާއަކީ މާދަމާ އެމްޑީޕީން ކުރިއަށްގެންދާ ހަރަކާތަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޖަލްސާއެކެވެ. 31 ޖެނުއަރީ ވާ ހުކުރު ދުވަހު އެމްޑީޕީން ކުރިއަށްގެންދާ ހަރަކާތް ކުރިއަށްގެންދާނީ "ފުދިއްޖެ، ފުނޑިއްޖެ" މިނަމުގަ އެވެ. މި ހިނގާލުން ފެށުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 08:00 ގައި، އާޓިފިޝަލް ބީޗުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *