ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ

Screenshot

ސިނަމާލޭ ބުރިޖު ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ އެވެ.

ފުލުހުން ބުނެފައިވަނީ، މިއަދު ހެނދުނު 08:19 ހާއިރު ހުޅުމާލެއިން މާލެ އަންނަ ލޭންގެ ސޯލާޕެނަލްތައް ކައިރީގައި މަސައްކަތް ކުރާކަން އަންގައިދިނުމަށް ބަހައްޓާފައިހުރި ކޯނެއްގައި ސައިކަލެއްޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.

މި އެކްސިޑެންޓްވި މީހާ އައިޖީއެމްއެހްއަށް ގެންގޮސް ފަރުވާދެމުން ދަނިކޮށް 09:05 ހާއިރު ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލުމާތުދީފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. މި އެކްސިޑެންޓްގައި ނިޔާވެފައިވަނީ ބަންގްލަދޭޝަށް ނިސްބަތްވާ މީހެކެވެ.

ފުލުހުން ބުނެފައިވަނީ އެ އިދާރާއިން މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *