މައްސަލަ ހައްލުކޮށް މުޅިމާލެއަށް ކަރަންޓު ދީފި

l_2023_06_04_081745_goz2khu7se8cr3j6id1fmva54yxn9qbwtlp_EN_

ދިމާވި މައްސަލަ ހައްލުކޮށް ސްޓެލްކޯއިން މުޅި މާލެއަށް ކަރަންޓު ދީފި އެވެ.

ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މުޅި މާލެއިން ކަރަންޓު ކެނޑިފައިވެ އެވެ.

ސްޓެލްކޯއިން ބުނެފައިވަނީ ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވަނީ އިންޖީނުގެއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ އިންޖީނުގެ ނިވިގެން ކަމަށެވެ. މިހާރު އިންޖީނުގޭގެ އިންޖީނުތައް އަލުން ހިންގަން ފެށުމާއެކު، ކަރަންޓު މެދުކެނޑުނު ސަރަޙައްދުތަކަށް ޚިދުމަތް އަލުން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާ ކަމަށެވެ.

ކަރަންޓު ކެނޑުނުތާ ގަޑިއެއްހާއިރުފަހުން މުޅި މާލެއަށް ސްޓެލްކޯއިން ކަރަންޓު ދީފައިވާއިރު، ކަރަންޓުގެ ހިދުމަތް ނުލިބޭ ފަރާތެއް ވާނަމަ ސްޓެލްކޯގެ އެމަޖެންސީ ހޮޓްލައިން 104 އަށް ގުޅުއްވުމަށް އެ ކުންފުނިން އެދިފައިވެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *