އެންވަޔަރަންމަންޓް އަދި ޓޫރިޒަމް މިނިސްޓްރީ އެއްކޮށްލުމަށްފަހު މިނިސްޓަރުގެ މަގާމަށް އެންވަރަޔަރަމަންޓް މިނިސްޓަރު އިބްރާޙިމް ތޯރިގް އައްޔަނު ކޮށްފި އެވެ.
ރައީސް އޮފީހުން މިއަދު ބުނެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އެއްކޮށްލައްވައި މިނިސްޓަރ އޮފް ޓޫރިޒަމް، އެންޑް، އެންވަޔަރަންމަންޓްގެ މަޤާމަށް ތާރިޤު އިބްރާހީމް އައްޔަނުކުރައްވާފައިވާ ކަމަށެވެ.

މި ރަސްމިއްޔާތު ކުރިއަށްދިޔައީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށް ރައީސް އޮފީހުން މައުލޫމާތު ދީފައިވެ އެވެ.
މި ރަސްމިއްޔާތުގައި އުއްތަަމަފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާންގެ ކުރިފުޅުމަތީގައި ތާރިޤު އިބްރާހީމް ވަނީ މަގާމުގެ ހުވައި، ކުރައްވާފަ އެވެ. މި މަޤާމަށް ތާރިޤު އިބްރާހީމް އައްޔަނުކުރެއްވުމަށްފަހު ރައީސް ވަނީ ތާރިޤާއި ބައްދަލުކުރައްވައި، ތިމާވެއްޓާއި ފަތުރުވެރިކަން ގުޅުވައިގެން ރާއްޖެ އިޝްތިހާރުކުރެއްވުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެ އެވެ.
ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި މީގެކުރިން ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުއްﷲގެ ދަރިކަލުން އިބްރާހިމް ފައިސަލް އެވެ. ފައިސަލް މަގާމުން ދުރުކުރީ ރައީސް މުއިއްޒުއާއި އަބްދުއްރަހީމްގެ ގުޅުން ގޯސްވެފައިވާކަމުގެ އަޑުތަކެއް ފެތުރިފައިވަނިކޮށެވެ.