ލ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ އިސް މުވައްޒަފަކަށް ހަމަލާދީ މާރާމާރަީ ހިންގައިފި އެވެ.
ފުލުހުން މިއަދު ބުނެފައިވަނީ، ލ. އަތޮޅުގައި ހިންގާ ރިސޯޓެއްގެ އިސް މަޤާމެއް އަދާކުރާ މީހަކު ބައިސްކަލެއްގައި ދަނިކޮށް، ފަހަތުން މީހަކު އައިސް ބޮލުގައި އެއްޗަކުން ޖަހައި މާރާމާރީ ހިންގާފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އިއްޔެ ކަމަށާއި މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމަލާދީފައިވަނީ ސިކްސް ސެންސަަސް ލާމު ރިސޯޓުގެ ޖެނެރަލް މެނޭޖަރަށެވެ.
ފުލުހުން ބުނެފައިވަނީ އެ އިދާރާއިން މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.
Post Views: 13