އެކްސިޑެންޓްގައި ނިޔާވި މީހާގެ ގައިގައި ސައިކަލުން ޖެހުނު މައްސަލަ

Screenshot

ސިނަމާލޭ ބުރިޖު ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު ނިޔާވި މައްސަލައިގައި އެމީހާގެ ގައިގައި ސައިކަލަކުން ޖެހުނު މައްސަލަ ފުލުހުން ތަހުގީގުކުރާކަން ހާމަކޮށްފި އެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލެއިން މާލެ އަންނަ ލޭންގެ ސޯލާޕެނަލްތައް ކައިރީގައި މަސައްކަތް ކުރާކަން އަންގައިދިނުމަށް ބަހައްޓާފައިހުރި ކޯނެއްގައި ސައިކަލެއްޖެހިގެންނެވެ.

ސޯޝަލްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަގޮތުން އެމީހާ ސައިކަލުން ވެއްޓޭތަނުން ފަހަތުން އަންނަ ސައިކަލަކުން އޭނާގެ ގައިގައިޖެހޭ މަންޒަރު ފެނެއެވެ.

ފުލުހުން މިއަދު ބުނެފައިވަނީ، މި އެކްސިޑެންޓާއި ގުޅިގެން 60 އަހަރުގެ ދިވެހި އަންހެނަކާ ސުވާލު ކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ލައިސެންސް ހިފަހައްޓައި ސައިކަލު ޓޯ ކޮށްފައިވާ ކަމަށްވެސް ބުނެފައިވެ އެވެ. ފުލުހުން ބުނެފައިވަނީ މި އެކްސިޑެންޓް އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *