ފަޒުލް ގެއިން ހޯދި 1.4 މިލިއަން ރުފިޔާ އަނބުރާ ހަވާލުކޮށްފި

Fazul

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ގެ ބަލާ ފާސްކޮށް އެގެއިން ގެންދިޔަ 1.4 މިލިއަން ރުފިޔާ އަނބުރާ ހަވާލު ކޮށްފި އެވެ.

ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ފަޒުލްގެ ބޭބެ މުހައްމަދު ފަޒީލް ރަޝީދުގެ ނަން ލިސްޓުގައި ހިމަނައި އޭނާއަށް ގޯތީގެ ރެޖިސްޓްރީއެއް ހަދައިފައިވާ މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ.

މި މައްސަލައާއި ގުޅިގެން ފަޒުލް ދިރިއުޅޭގެ ފުލުހުން ބަލާފާސްކޮށްފައިވާއިރު އެގެއިން ވަނީ 1.4 މިލިއަން ރުފިޔާގެ ނަގުދު ފައިސާ ހޯދާފަ އެވެ.

ފުލުހުން މިއަދު ބުނެފައިވަނީ އެ ފައިސާއާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ފައިސާގެ ވެރިފަރާތާ ހަވާލު ކޮށްފައިވާ ކަމަށެވެ.

އެ ފައިސާއަކީ ލޯންޗެއް ބަންނަން އޭނާގެ ކުންފުންޏަކަށް ދިން ފައިސާ ކަމަށް ބުނެ 'ރިލެކްސް ފެރީ ސާވިސް' ސޯޝަލްމީޑިއާގައި ޕޯސްޓެއްވެސް ކުރި އެވެ.

އެޗްޑީސީ ގޯތި މައްސަލައިގައި ފަޒުލްވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. އަދި އޭނާގެ ޕާސްޕޯޓް އޮތީ ހިފަަހައްޓާފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *