ކެފޭއެއްގައި މާރާމާރީ ހިންގައި އެކަކު ސީރިއަސް ހާލުގައި

Screenshot

މާލޭ ކެފޭއެއްގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިންގައިފި އެވެ.

މާވެޔޮމަގުގައި ހުންނަ 'ކެފޭ ތާސީރު-1′ ތެރޭގައި މާރާމާރީ ހިންގާފައިވަނީ ކެފޭގެ ކައްކާއަކަށް އުޅޭ ނޭޕާލް މީހަކާއި އެހީތެރިއަކަށް އުޅޭ ބަންގްލަދޭޝް މީހަކާ ދެމެދު އެވެ.

ސޯޝަލްމީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަގޮތުން ދެމީހުންގެ ގައިގައި އަދި ކެފޭތެރޭގައި ގިނަ އަދަދެއްގެ ލޭ ހުއްޓެވެ.

ފުލުހުން ބުނެފައިވަނީ މި އެ ދެ މީހުންނަށްވެސް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ. އޭގެތެރެއިން ބަންގްލަދޭޝް މީހާގެ ހާލު ސީރިއަށް ކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނެފައިވަނީ އެ އިދާރާއިން މި މައްސަލަ ތަހުގީގު ކުރަމުންގެންދާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *