ސަރުކާރަށް ފާޑުކިޔައި ލަވައެއް ރާއްޖެޓީވީން ދެއްކުމުން މައްސަލަ ބަލަނީ

164340_d934af1b-c_

ސަރުކާރަށް ފާޑުކިޔާ ލަވައެއް ރާއްޖެއިން ދެއްކި މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަން އޮފް ދަ މޯލްޑިވްސް (ބްރޯޑްކޮމް) އިން ބަލަން ފަށައިފި އެވެ.

ރާއްޖޭޓީވީން ގެނެސްދިން ލަވައެއްގެ މައްސަލަ ބްރޯޑްކޮމްއިން ބަލާކަން އެޓީވީ ސްޓޭޝަނަށް އަންގާފައިވަނީ އިއްޔެ އެވެ.

ބްރޯޑްކޮމްއިން ބަލަނީ "ދިވެހިން ފުނޑިއްޖެއޭ، މިވަރުން ދެން ފުދިއްޖެއޭ" ނަމުގައި ހަދާފައިވާ ލަވަ ޓީވީން ދެއްކި މައްސަލަ އެވެ. މިއީ އެމްޑީޕީން މިދިޔަ ހުކުރު ދުވަހު ކުރިއަށްގެންދިޔަ އެއްވަށް ހާއްސަ ކޮށްފައިވާ ލަވަ އެކެވެ.

ރާއްޖެޓީވީއަށް ބްރޯޑްކޮމްއިން ފޮނުވި ސިޓީގައި ބުނެފައިވަނީ ލަވައިގެ ކޮންޓެންޓްގެ މައްސަލަ ބެލުމަށް ކޮމިޝަނުން ނިންމާފައިވާތީ އެ މައްސަލަ ބަލައި ވަކި ގޮތެއް ކަނޑައަޅަންދެން އެ ލަވަ ރައްކާކޮށްފައި ބެހެއްޓުމަށެވެ.

މި ލަވައިގައި ސަރުކާރަށް އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ފާޑުކިޔައި ތުހުމަތުތައް ކޮށްފައިވެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *