ވޭޕް ބޭނުންކޮށްގެން 11 މީހަކު ޖުރިމަނާކޮށްފި

l_2024_08_16_075624_xhbg7rnicw4kpmlae85ufoj9vytdz6q3s21_EN_

ވޭޕް ބޭނުން ކޮށްގެން މިދިޔަ މަހު 11 މީހަކު ޖުރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އެގޮތުން މިދިޔަ ޖެނުއަރީ މަހު ވޭޕް ބޭނުންކުރުމުގެ 14 މައްސަލައެއްގައި 11 މީހަކު ޖުރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 15 ދުވަހުން ފެށިގެންނެވެ. ފުލުހުންގެ ތަފާސްހިސާބު ދައްކާގޮތުން ވޭޕް ބޭނުންކޮށްގެން ޑިސެމްބަރު މަހު އެކަނިވެސް 17 މީހަކު ޖުރިމަނާކުރި އެވެ.

ޤާނޫނުން ވޭޕް ބޭނުންކުރުމާއި އެތެކުރުން އަދި ވޭޕްގެ ވިޔަފާރި ކުރުން މަނާކޮށްފައިވާއިރު ޤާނޫނުގައި ވަނީ ޖުރިމަނާގެ އަދަދުތައްވެސް ހިމަނާފަ އެވެ. އެގޮތުން ވޭޕް ބޭނުންކޮށްގެން ޖުރިމަނާކުރާ ކޮންމެ ފަހަރަކު 5000 ރުފިޔާއިން ޖުރިމަނާ ކުރެވޭނެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *