ފްލެޓް މައްސަލައިގައި އެފްޑީސީގެ ވެރިން މަޖިލީހަށް ހާޒިރުކޮށްދޭން އެދިއްޖެ

kudoo

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި "ގެދޮރުވެރިޔާ ސްކީމް" ގެ ދަށުން ފެށި 4000 ފްލެޓު މަޝްރޫއުގެ ދަށުން ނިމިފައިވާ ފްލެޓުތައް ހަވާލު ކުރުން ލަސްވާ މައްސަލައިގައި ފަހި ދިރުއުޅުން ކޯޕަރޭޝަން (އެފްޑީސީ)ގެ ވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދިނުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެދިވަޑައިގެންފި އެވެ.

ކުޑޫ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ، ފްލެޓް އެޅުމަށްނަގާފައިވާ ލޯނަށް ކޮންމެ މަހަކުވެސް ފައިސާ ދައްކަމުންދާ ކަމަށާއި އެގޮތުން ކޮންމެ މަހަކު 23.39 މިލިއަން ރުފިޔާ ދައްކަމުންދާ ކަމަށެވެ.

4000 ފްލެޓުގެ ތެރެއިން 744 ފްލެޓް މުޅިން ނިމިފައިވާއިރު އެ ޓަވަރުތަކުގެ ކޮމާޝަލް އޭރިޔާ ވެސް ބޭނުން ކުރެވޭނެކަން ސިޓީގައި ފާހަގަ ކޮށްފައިވެ އެވެ. އަދި ނިމިފައިވާ ޓަވަރުތަކުގެ ކޮމާޝަލް އޭރިއާއިން ކުއްޔާއި ފީ ހޯދައިގެން ލޯނު އަނބުރާ ދެއްކުމުގެ ފުރުސަތުއޮތްކަން ފާހަގަކޮށްފައިވެ އެވެ.

ބައެއް ފްލެޓްތައް ނިމިފައިވާއިރު އޭގެ ހައްގުވެރިންނަށް ފްލެޓު ލިބުން ލަސްވެފައިވަނީ ސަރުކާރުގެ ސަބަބުން ކަމަށާއި އަދި މިކަމުގައި ސަރުކާރުގެ ބޮޑު އިހުމާލެއް އޮތްކަމަށްވެސް ސިޓީގައި ބުނެފައިވެ އެވެ. އެހެންކަމުން ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އިސް ފަރާތްތައް މަޖިލީހުގެ "ގެދޮރުވެރި ކަމާ ބެހޭ ކޮމިޓީ" އަށް ހާޒިރު ކޮށް ބަލައިދިނުމަށް ކުޑޫގެ ސިޓީގައި ވަނީ އެދިފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *