މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމަށް ކުރީގެ ޑެޕޮއިޓީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޝްވާނު އައްޔަނު ކޮށްފި އެވެ.
ޕީސީބީން މިއަދު ބުނެފައިވަނީ އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމަށާއި ބޯޑު ޑިރެކްޓަރު ކަމުގެ މަޤާމަށް ހ. ހަބަރުގެ، މުހައްމަދު ރިޝްވާނު ވަނީ އައްޔަނު ކޮށްފައިވާކަމަށެވެ.

ރިޝްވާން ވަނީ ފުލުހުގައި ގިނަ ދުވަސްތަކެއް ހިދުމަތް ކުރައްވާފަ އެވެ. އަދި ޑެޕޮއިޓީ ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވުމަށްފަހު މަގާމުން ރިޓަޔާ ވެފައިވަނީ 2012 ވަނަ އަހަރު އެވެ. މީގެއިތުރުން 2015 ވަނަ އަހަރު ރިޝްވާން ވަނީ އައިޖީއެމްއެޗްގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުވެސް ފުރުއްފާފަ އެވެ.
އެމްޕީއެލްގެ އެމްޑީގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި ހުންނެވި މުހައްމަދު ވަޖީހު އިބްރާހީމް މަގާމުން ވަކިކުރުމުންނެވެ.