މާލޭގެ ގެއެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 55 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފި އެވެ.
އަލިފާން ރޯވީ މ. ހައުސްޕްލާޒާ ގޭގަ އެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފައިވަނީ މި އަލިފާނުގެ ހާދިސާގެ ސަބަބުން، ދެ ގެއެއްގެ މައި ފެންހޮޅިއަށް ގެއްލުން ލިބިފައިވާ ކަމަށެވެ.
އެހެންކަމުން އެކަން މަރާމާތުކުރެވެންދެން 2 ގެއަކުން 55 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދެވިފައިވާ ކަމަށް މައުލުމާތު ދީފައިވެ އެވެ. މީގެތެރޭގައި 20 ބިދޭސީން ހިމެނޭހެނެ އެވެ.
މި ގޭއަކީ ފަޅުގެއެއްގެ ގޮތުގައި ހުރި ގެޔަކަށްވާއިރު އަލިފާން ރޯވެފައިވަނީ އެ ގޭގައި ހުރި ކުނިތަކެއްގައި ކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެ އެވެ.
Post Views: 15