މާލޭގައި މާރާމާރީ ހިންގަން އުޅުނު ދެ މީހަކާއި ކުޑަކުއްޖަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނެފައިވަނީ، ރޭ 20:17 ހާއިރު މާލެ ވައިލެޓް މަގު ދޮންހުރާ ގޯޅީގައި ބަޔަކު މާރާމާރީ ހިންގަން މަސައްކަތް ކުރި ކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި މައްސަލައަކާއި ގުޅިގެން ދެ މީހަކާއި 18 އަހަރު ނުފުރޭ ކުޑަކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުން ގެންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ރޭ ހުޅުމާލޭގައިވެސް ވަނީ ކޯރާޑިއަކުން މީހަކަށް ހަމަލާދީ މާރާމާރީ ހިންގާފަ އެވެ. އަދި ފުލުފުލުގައި މާރާމާރީތައް އަންނަނީ ހިންގަމުންނެވެ.
Post Views: 22