ރައީސް ސޯލިހު ވޯޓްލައްވައިފި، ވިދާޅުވީ ބޮޑުތަނުން ކާމިޔާބުކުރައްވާނެ ކަމަށް

15

އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވޯޓު ލެއްވުމަށްފަހު، އެ ޕްރައިމަރީ ބޮޑުތަނުން ކާމިޔާބު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު އިސްކަންދަރު ސްކޫލްގައި ހުރި ވޯޓް ފޮއްޓަށް ވޯޓު ލެއްވުމަށްފަހު ރައީސް ސޯލިހު ވިދާޅުވީ، އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބުކުރަން މަސައްކަތްތަކެއް ކުރެވުނު ކަމަށާއި، އެގޮތުން އިންތިހާބު ބޮޑުތަނުން ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

ޕްރައިމަރީއަށްފަހު ނިކުންނަ ނަތީޖާއަކުން އެންމެން އެއްކޮށް ގުޅިގެން ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ރައީސް ސޯލިހު ވަނީ އެދިވަޑައިގެންފައެވެ.

ޕްރައިމަރީއަށް ރައީސް ސޯލިހު ވޯޓް ލައްވާފައިވާއިރު، ވާދަވެރި ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ވަނީ ޖަމާލުއްދީން ސްކޫލްގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށް ވޯޓު ލައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *