ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ކުރިއަށްދާތީ މިއަދި މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެ ކަަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ސްޓެލްކޯއިން ބުނެފައިވަނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، ތަބުރޭޒީ ހިނގުން، ރައްދެބައި ހިނގުން އަދި ސިއްތިމާވާ ހިނގުން ހިމެނޭ ސަރަޙައްދުން މިއަދު ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށެވެ.

އެގޮތުން ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެކަމަށް ލަފާކޮށްފައިވަނީ މެންދުރުފަހު 14:00 އާއި 16:30 އާ ދެމެދުގެ ވަގުތެއްގައި ކަމަށްވެސް ސްޓެލްކޯއިން ބުނެފައިވެ އެވެ.
މިކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާލެ ސިޓީ، ތަބުރޭޒީ ހިނގުން، ރައްދެބައި ހިނގުން އަދި ސިއްތިމާވާ ހިނގުން ހިމެނޭ ސަރަޙައްދުން މިއަދު މެންދުރުފަހު 14:00 އާއި 16:30 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް. ދިމާވެދާނެ ދަތިތަކަށް… pic.twitter.com/FfMSZKLykR
— STELCO (@STELCOMALDIVES) February 10, 2025
މާލެ ސަރަހައްދުގައި ދެމުންދާ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް ސްޓެލްކޯއިން އަބަދުވެސް ކުރަމުންގެންދެ އެވެ.