ބައެއް ފަރާތްތަކުގެ މުސާރައިން 10% އުނިކުރަނީ

Screenshot

ސަރުކާރުގެ އިޤްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ބައެއް ފަރާތްތަކުގެ މުސާރަ ކުޑަކުުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މި މައްސަލައިގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުވި ސިޓީ އިއްވާފަ އެވެ.

އެ ސިޓީގައި ވަނީ މިނިވަން މުއައްސަސާތަކުގެ އިސް ވެރިންގެ އަސާސީ މުސާރަ 12،000 ރުފިޔާއަށްވުރެ މަތިން ލިބޭ މަގާމުތަކުގެ އަސާސީ މުސާރައިން 10 އިންސައްތަ އުނިކުރުމާމެދު މަޖިލީހުން ނިންމާގޮތެއް އެންގެވުމަށެވެ. މީގެއިތުރުން ޝަރުއީ ދާއިރާގެ އިސްވެރިންނާއި މަޖިލީހުގެ މެންބަރުންގެ އަސާސީ މުސާރައިން 10 އިންސައްތަ އުނިކުރުމަށް ފެނިވަޑައިގަންނަވާނަމަ އެކަމުގައި ނިންމާގޮތެއް ހުށަހެޅުމަށް ވެސް އެދިވަޑައިގެންފައިވެ އެވެ.

މިފިޔަވަޅުތައް އެޅުމަށް ނިންމާފައިވަނީ ދެ އަހަރުގެ މުއްދަތަށެވެ.

އިޤްތިސާދީ އިސްލާހީ އެޖެންޑާގެ ދަށުން ބައެއް ފަރާތްތަކުގެ މުސާރައިން ބައެއް އުނިކުރަން ހުށަހަޅާފައިވާއިރު، ސިޔާސީ މަގާމުތަކުގައި ތިބި 200 އަށްވުރެއް ގިނަ ފަރާތްތައް މަގާމުން ވަކިކުރުމަށްވެސް ނިންމި އެވެ. ނަމަވެސް ތުހުމަތު ކުރެވޭ ގޮތުގައި މިގޮތަށް ވަކިކުރި ފަރާތްތައް ވަނީ ސަރުކާރުގެ އެހެން ކުންފުނިތަކުގެ އެކި މަގާމުތަކަށް އައްޔަނު ކޮށްފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *