އޭސީސީގެ ނައިބަކަށް ފޮނުއްވި ނަން ބަދަލުކުރައްވައިފި

388516_a6ac11fe-3_

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސްގެ މަޤާމަށް އައްޔަނުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ނަން ބަދަލުކުރައްވައިފި އެވެ.

އޭސީސީގެ ނައިބު ރައީސްގެ މަޤާމަށް އައްޔަނު ކުރުމަށް ރައީސް މުއިއްޒު ފުރަތަމަ ފޮނުއްވީ އެ ކޮމިޝަންގެ މެންބަރު އަހުމަދު ނާޝިދުގެ ނަމެވެ. އެނަން އިއްޔެ މަޖިލީހުގެ ޖަލްސާގައި އިއުލާނު ކޮށްފައިވެ އެވެ.

މިއަދު ކުރިއަށް ގެންދިޔަ މަޖިލީހުގެ ޖަލްސާގައި ވަނީ އަހުމަދު ނާޝިދުގެ ބަދަލުގައި އޭސީސީގެ ނައިބުރައިސް ކަމަށް އަބްދުﷲ ނާޝިދުގެ ނަން ފޮނުވާފަ އެވެ. މި ނަން ދިރާސާ ކުރުމަށް ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.

މިހާރު އޭސީސީގައި ތިއްބެވި މެންބަރުން:

  1. ކޮމިޝަންގެ ރައީސް އާދަމް ޝާމިލް
  2. މެންބަރު ޝިޔާމާ މުޙައްމަދު
  3. މެންބަރު ޝަޒްނާ ހާޝިމް
  4. މެންބަރު އަބްދުﷲ ނާޝިދު
  5. މެންބަރު އަހްމަދު ނާޝިދު

މިފަހުން ޤާނޫނުތަކަކަށް ގެންނެވި ބަދަލަކުން ވަނީ މިނިވަން މުއައްސަސާތަކުގެ ވެރިން އައްޔަނު ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދެއްވާފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *