މިއީ މަސްވެރިން ކިއުގައި ޖެހޭނެ ފަހު އަހަރު

މިނިސްޓަރު އަހުމަދު ޝިޔާމް / ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މިއީ މަސްވެރިން ކިއުގައި ޖެހޭނެ ފަހު އަހަރު ކަމަށާއި މަސްވެރިން މަސްކިރުވަން ކިއުގައި ޖެހުން މިސަރުކާރުން ނިމުމަކަށް ގެންނާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސަވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، މަސްވެރިން މިހާރު ކިއުގައި ޖެހެންޖެހެނީ އެ މައްސަލައަށް ކުރީގެ ސަރުކާރުތަކުން ހައްލު ހޯދާދީފައިނުވާތީ ކަމަށެވެ. އަދި އެ މައްސަލައަށް ހައްލެއް ހޯދުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރެއްވި އެވެ.

މިނިސްޓަރު ޝިޔާމް ވިދާޅުވީ މިއީ މަސްވެރިން މަސް ކިރުވަން ކިއުގައި ޖެހޭނެ ފަހު އަހަރު ކަމަށާއި މިހާރު މަސްވެރިކަމުގެ ސިނާއަތުން ކުރެވޭ މަސައްކަތްތަކުން މަސްކިރުވަން ކިއުގައި ޖެހުން ނައްތާލާނެ ކަމަށެވެ.

މީގެއިތުރުން މިހާރު އޮތް ކިއު މިއަދު ނޫނީ މާދަމާ މިފްކޯއިން މަސް ކިރުވާނެ ކަމަށް ވިދާޅުވި އެވެ.

މަސްވެރިން މަސްކިރުވުމުގައި ދިގު ކިއުގައި ޖެހެންޖެހޭތީ އެކަމުގެ ކަންބޮޑުވުން އަބަދުވެސް އޮވެ އެވެ. އެގޮތުން ބައެއް ފަހަރު ކިއުގައި 10 ދުވަހުވެސް މަސްވެރިން ތިބެންޖެހޭކަމުގެ ޝަކުވާ މަސްވެރިން ފާހަގަކުރެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *