ގައްދޫ ވޯޓުލާ މަރުކަޒުގައި ވޯޓު ކަރުދާސްތައް ވީދާލައިފި

ގދ.ގައްދޫގައި ވޯޓުލާ މަރުކަޒުގައި ހަމަނުޖެހުން ހިންގުން --

މިހާރު ކުރިޔަށްދާ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ގދ.ގައްދޫ ވޯޓުލާ މަރުކަޒުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައިފިއެވެ.

"ތޭވީސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގައްދޫ ވޯޓުލާ މަރުކަޒު ހޫނުވެފައި ވަނީ ވޯޓުލާ މަރުކަޒުގައި ހުރި ގަލަންތަކުގައި ކެމެރާ ހުރިކަމަށް ތުހުމަތުކޮށް ފެށުނު ޒުވާބާއެކުގައެވެ.

މިގޮތުން ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި ބިންމައްޗަށް ވެއްޓިފައި ހުރި ވޯޓު ކަރުދާސްތައް ވީދަމުން ދިޔައިރު، ބައެއް މީހުން މޭޒުމައްޗަށް އަރާފައި ތިބި މަންޒަރުވެސް ފެނެއެވެ.

މި ހަމަނުޖެހުން ފުލުހުންގެ އެހީތެރިކަމާއެކު މިހާރު ވަނީ ހައްލުކޮށްފައެވެ. އަދި މައުލޫމާތު ލިބޭ ގޮތުގައި ކުޑަ އިރުކޮޅެއް ތެރޭގައި އަނެއްކާވެސް ވޯޓުލުން ފެށިގެންދާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *