ސަރުކާރުން ޓެކްސީ ހިދުމަތަށް ވަނުމުން ޝާހިދުގެ ފާޑުކިޔުން

އެމްޑީޕީގެ ރައީސް އަބްދުالله ޝާހިދު / ފޮޓޯ: އެމްޑީޕީ

ސަރުކާރުން ޓެކްސީގެ ހިދުމަތް ދިނުމަށް ވަނުމުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ސަރުކާރަށް ވަރަށް ބޮޑަށް ފާޅުވިދާޅުވެއްޖެ އެވެ.

ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ބެލުމެއްނެތި ސަރުކާރުން ޓެކްސީ ހިދުމަތް ފެށުމަށް އެމްޓީސީސީއަށް ހަވާލުކޮށްފައިވާއިރު އެކަމަށް ފާޑުވިދާޅުވެ ޝާހިދު މިއަދު ވިދާޅުވީ، ރާއްޖޭގައި އާއްމު ރައްޔިތުން ކުރާ ޓެކްސީ ވިޔަފާރީގެ ތެރެއަށް ސަރުކާރުން ވަދެ، ޓެކްސީ ޑްރައިވަރުންނާ ވާދައަށް ސަރުކާރުން ނިކުތުމަކީ ސަރުކާރުގެ ސިޔާސަތުތަކުގައި މިސްރާބެއް ނެތްކަން ދޭހަވާކަމެއް ކަމަށެވެ.

ސަރުކާރު ވާންޖެހޭނީ އާއްމު ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމްކޮށް، ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދީ، ރެގިއުލޭޓްކޮށްދޭ ފަރާތަށް ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި އާއްމު ހުރިހާ ވިޔަފާރިއެއްގައި ސަރުކާރާ ވާދަކުރަން އާއްމުންނަށް ޖެހުމަކީ ދެކޮޅު ޖެހޭ ގޮތެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

"ކޮންމެ ކަމެއްގައިވެސް ފެނިގެން މިދަނީ ސަރުކާރުގެ އަމާޒެއް ނެތްކަމާއި، ދައުލަތް ހިންގާނެ ފައިސާ ހޯދާނެ ގޮތެއް ނޭނގިގެން އުޅޭ މަންޒަރު. ވަކިން ޚާއްސަކޮށް، ސަރުކާރުން ޓެކްސީގެ ޚިދުމަތް ފޯރުކޮށްދިނުމާ ބެހޭ ގޮތުން ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީގެ އިސް ބޭފުޅުން ދައްކަވާ ވާހަކަތައް ދިމާނުވުމަކީ ސަރުކާރަށް ވާންވީ ގޮތާއި ވަމުންދާ ގޮތް ނޭނގޭ ކަމުގެ ހެއްކެއް." ޝާހިދު ވިދާޅުވި އެވެ. 

"މާލޭ ޓެކްސީ ލައިން" ނަމުގައި އ.ީވީ ޓެކްސީ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހި ސަރުކާރުން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގަ އެވެ.

އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ އިލެކްޓްރިކް ވެހިކަލް ޓެކްސީ ލައިނެއްގެ ހިދުމަތް ފެށުމަށެވެ. މި މަޝްރޫއަކީ ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. ފުރަތަމަ ފިޔަވަހީގެ ދަށުނ،ް މާލ،ެ ހުޅުމާލެ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ގައި މި ޚިދުމަތް ފަށާގޮތަށް ހަމަޖެހިފައިވަނީ މި އަހަރު އެވެ.

Leave a Reply

Your email address will not be published. Required fields are marked *