މަސައްކަތެއް ކުރުމަށް މިއަދު މާލޭގެ އެކި ހިސާބުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ސްޓެލްކޯއިން ބުނެފައިވަނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް މިއަދު މާލެ ސިޓީގައި ކުރިއަށްދާ ކަަމަށެވެ.

އެގޮތުން އިސްކަންދަރުމަގު، އެނބޫ ގޯޅި އަދި ގުލާލާ ގޯޅި ހިމެނޭ ސަރަހައްދުން މެންދުރު 14:00 އާއި 16:00 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ސްޓެލްކޯއިން މައުލޫމާޓު ދީފައިވެ އެވެ.
މީގެއިތުރުން މާލެސިޓީ، ލޮނުޒިޔާރަތްމަގު، ބުރުޒުމަގު، އަމީނީމަގު އަދި ދޮންއަނދަރާދަ ހިނގުން ހިމެނޭ ސަރަހައްދުން ހެނދުނު 11:00 އާއި 11:30 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެ ކަމަށާއި އަދި ހުވަފެނީ ގޯޅި، ކޮއިމަލާ ހިނގުން، ލޮނުޒިޔާރަތްމަގު، ދޮންއަދަރާދަ ހިނގުން، ބަނަފްސާ މަގު، ރުއްކެނޑިޔާ ހިނގުން އަދި ބޮޑުރަސްގެފާނު މަގު ހިމެނޭ ސަރަހައްދުން ހެނދުނު 10:00 އާއި 12:00 އާ ދެމެދު ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަށް ބުނެފައިވެ އެވެ.
ސްޓެލްކޯއިން ފޯރުކޮށްދެމުންދާ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ސްޓެލްކޯއިން ގިނަ މަސައްކަތްތަކެއް ކުރެ އެވެ. އެގޮތުން ކަރަންޓު ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ދޭތެރެދޭތެރެއިން ކުރެ އެވެ.