ސަލްޓަން ޕާކު މަރާމާތު ކޮށްދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފި

Sultan park

ސަލްޓަމް ޕާކު މަރާމާތު ކޮށްދޭނެ ބަޔަކު ހޯދަން މާލޭސިޓީ ކައުންސިލުން އިއުލާނުކޮށްފި އެވެ.

މާލެސިޓީ ކައުންސިލުން އިއްޔެ ވަނީ، އެ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ސަލްޓަލް ޕާކު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.

އެގޮތުން މަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މައުލޫމާތު ސާފުކުރުމަށް މިމަހު 18 ވަނަ ދުވަހުގެ 09:00 ގައި މާލެ ސިޓީ ކައުންސިލްގެ އިދާރާއިން އެކަން ކުރުމަށް އަދި އަގު ހުށަހެޅުމަށް 24 ފެބްރުއަރީ ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މާލެ ސިޓީ ކައުންސިލްގެ އިދާރާއަށް ހާޒިރުވުމަށް އެދިފައިވެ އެވެ.

ސަލްޓަމް ޕާކު މަރާމާތު ކޮށްދޭނެ ބަޔަކު ހޯދަން، ސިޓީ ކައުންސިލުން އިއުލާނުކޮށްފައިމިވަނީ، ރަސްފަންނާއި ސަލްޓަން ޕާކުގެ ހާލަތު ފެނި ހިތާމަކުރައްވާ ކަމަށް އަދި އެ ތަންތަނުގެ ރީތިކަން އަނބުރާ ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެފައިވަނިކޮށެވެ. ރައިސް މުއިއްޒު މިފަދައިން ވިދާޅުވުމުން ސިޓީ ކައުންސިލުން ވަނީ އެތަންތަން މަރާމާތު ކުރުމުގެ މަސައްކަތަށް ތައްޔާރުވަމުންދާކަން ހާމަކޮށްފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *