ތުޅާދޫ 30 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތް އެމްޓީސީސީއަށް

ތުޅާދޫ އައު ހޮސްޕިޓަލްގެ ކުރެހުމެއް -- ފޮޓޯ؛ މިނިސްޓްރީ އޮފް ހެލްތު

ބ.ތުޅާދޫ 30 އެނދުގެ އައު ހޮސްޕިޓަލްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ހެލްތު އިން ތުޅާދޫ ހޮސްޕިޓަލްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ އެއް އަހަރާއި ފަސް މަހުން ނިންމުމަށް 123 މިލިއަން ރުފިޔާއަށެވެ.

ތުޅާދޫގައި 3،000 އަށްވުރެ ގިނަ މީހުން ދިރިއުޅެމުން އަންނައިރު، އެ ރަށުގައި ދެ ޑޮކްޓަރުންނާއެކު 24 ގަޑިއިރު ހިދުމަތްދޭ ސިއްހީ މަރުކަޒެއް ހުރެއެވެ. ނަމަވެސް އައު ހޮސްޕިޓަލް ނިމުމާއެކު އެ ރަށު ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

މި އަހަރަކީ ސިއްހީ ދާއިރާއަށް އިންގިލާބީ އަހަރެއް ކަމަށް ސަރުކާރުން ބުނެފައިވާއިރު، މި އަހަރު ސިއްހީ ދާއިރާގެ ގިނަ މަޝްރޫއުތައްވެސް ހިންގުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އަދި މީގެއިތުރުން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް މި އަހަރުގެ ބަޖެޓުގައިވެސް ވަނީ ހިމަނާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *